އައްޑޫ ސިޓީ ދަމަނަވެށިން ގެއްލުނު އެއޮފީހުގެ ރަސްމީ ތަތްގަނޑު ފަޅު ރަށަކުން ފެނިއްޖެ

އައްޑޫސިޓީ މަރަދޫ ފޭދޫގައި ހުންނަ ދަމަނަވެށިން ވަގަށް ނަގާފައިވާ ތަތްގަނޑުތަކުގެ ތެރެއިން އެ އޮފީހުގެ ރަސްމީ ތަތްގަނޑު ފަޅުރަށަކުން ފެނިއްޖެއެވެ.

އެ ތަތްގަނޑު ފެނިފައިވަނީ ގދ. ނަޑެއްލާ ކައުންސިލްގައި މަސައްކަތްކުރާ މުވައްޒަފަކަށް ނަޑެއްލާ ކައިރީގައި އޮންނަ މާފުށި ކިޔާ ފަޅުރަށެއްގެ އުތުރު ފަރާތު ގޮނޑުދޮށުންނެވެ.

ފުލުުހުންގެ ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވެކްސިން ޖެހިކަން އަންގައިދިނުމަށް ބޭނުންކުރާ ތައްގަނޑު ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މީގެ އިތުރުން ދަމަނަވެށިން އޮފީހުގެ ރަސްމީ ލިޔުންތައް ހުރި ސީޕީޔޫ އަކާއި، ކީބޯޑާއި މޮނީޓަރަކާއި ކުލަ ޕްރިންޓަރެއްގެ އިތުރުން 1800 ރުފިޔާ އާއި ޓޫލް ކިޓެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމަތު މި ނޫހަށް ވަނީ ލިބިފައެވެ.

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ