ޓެސްޓް ކުރި މީހުންގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

ހިމަބިއްސަށް ޓެސްޓް ކުރި 10 މީހުންގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ މިކަން ޔަގީން ކޮށްދެއްވަފައެވެ. އެޗްޕީއޭ އިން ވިދާޅުވީ މިއަދު ހިމަބިއްސަށް ޓެސްޓްކުރި މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.

ދޮޅުއަހަރެއްހާ ދުވަހުގެ މެދެކެނޑުމަކަށްފަހު 2020 ޖަނަވަރީ 09 ވަނަ ދުވަހު ވަނީ 03 އަހަރުގެ ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. ހިމަބިހި ފެނިފައިވަނީ ވެކްސިން ޑޯޒް ފުރިހަމަ ނުވާ ކުއްޖެއްގެ ގައިންނެވެ.

ހިމަބިއްސަށް ވެކްސިން ދިނުމަށް ހެލްތް މިނސްޓްރީން މިހާރު ވަނީ ކެމްޕޭއިނެއްވެސް ފަށާފައެވެ. ހެލްތް މިނިސްޓަރ އަމީން މިއަދު ވިދާޅުވީ ރާއްޖޭގައި ހިމަބިއްސަށް ވެކްސިން ނުދޭ މީހުންގެ މަޢުލޫމާތު އެއްކުރަމުން ދާކަމަށާއި، މި ކެމްޕެއިންގައި އެންމެންނަށް ވެކްސިން ދެވިފައިވާކަން ކަށަވަރު ކުރެވޭނެކަމަށެވެ.

"ބައިނަލްއަޤްވާމީ ފަރާތްތަކާއި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެކެވި މިވަގުތުން މިވަގުތަށް ދެލައްކަ މީހުންނަށް ވެކްސިން ދެވޭނެ މިންވަރަށް ވެކްސިން ލިބޭނެގޮތް މިހާރު ވަނީ ހަމަޖެހިފަ" މިނިސްޓަރ ވިދަޅުވެފައިވެއެވެ. އަދި މި ވެކްސިންތައް 10 ވަރަކަށް ދުވަސްތެރޭގައި ރާއްޖެއާއި ހިސާބަށް ގެނެވޭނެކަމުގައިވެސް މިނިސްޓަރ އަމީން ވަނީ ވިދާލުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ