އުތުރު މައި ހޮސްޕިޓަލްގެ އާބާތުރަ ފިލުވުމަށް 2.2 މިލިއަން ރުފިޔާ

އުތުރުގެ މައި ހޮސްޕިޓަލް (ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް)ގެ އާބާތުރަ ފިލުވުމަށް 2.2 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާބާތުރަ ފިލުވުމަށް ގިނަ މަރާމާތުތަކެއް މިއެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގައި ކުލަ ލުމާއި، ފާޚާނާތަކުގެ މުށި ބަދަލުކުރުމާއި، ޕޯޓިކޯއަށް ވަދެ ނުކުމެވާ ވޯކްވޭގެ ގާތައް ބަދަލުކުރުމާއި، ދޮރު ފޮތިތައް ބަދަލުކުރުމުގެ އިތުރުން ދޮރުތައް މަރާމާތު ކުރުން މިޕްރޮޖެކްޓްގައި ހިމެނެއެވެ.

44 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ ތެރޭގައި ހޮސްޕިޓަލުގައި ކުރަން ހުރި އިތުރު ބައެއް މަރާމާތުތައްވެސް ހިމެނެ އެވެ. މީގެ ތެރޭގައި ދިޔަދޮވިތަކާއި، އޮފީސް ޕާކިން ޝެޑް، ކުނި އަންދާގެ، ކޫލް ރޫމް، ވޯޑް ޕާޓިޝަން، އޮކްސިޖަން ސްޓޯރ، ލޯންޑްރީ ބޮޑު ކުރުން ހިމެނެއެވެ.

ހޮސްޕިޓަލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސެސް އަހުމަދު ދާއޫދުއެވެ. ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ހަސަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ