ޕީއެސްޖީގެ އެންމެ މޮޅު ޓީމުން ނޭމާއަށް ޖާގައެއް ނުލިބުނު

ޕީއެސްޖީއިން ވޭތިވެދިޔަ 10 އަހަރުގެ އެކްލަބު އެންމެ މޮޅު ޓީމު އެކުލަވާލާފައިވާއިރު، އެޓީމުން ބްރެޒިލްގެ ތަރި ނޭމާ ބާކީ ވެއްޖެއެވެ.

ވޭތުވެދިޔަ 10 އަހަރަކީ ޕީއެސްޖީގޭ ތާރީޚުގައިވެސް އެންމެ ކާމިޔާބު 10 ދިހަ އަހަރެވެ. އެގޮތުން ޕީއެސްޖީއިންވަނީ 2010 ން 2019 އަށް ފްރެންޗް ލީގު 1 ހަފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އަދި މިދުވަސްތަކުގައި ލީގު 1 ޖެހިޖެހިގެން 4 ފަހަރަށް ޕީއެސްޖީއިން ކާމިޔާބުކުރިއެވެ.

އަދި ފަސް ފަހަރެއްގެ މަތިން ލީގުކަޕްވެސް ކާމިޔާބުކުރިއެވެ.

2020 އާއެކު އާ ހަރުފަތަކަށް ދިއުމަށް މިސްރާބު ޖަހާފައިވާ ޕީއެސްޖީއިން ވޭތުވެދިޔަ އަހަރު އެކްލަބަށް ކުޅުނު ކުޅުންތެރިން ހިމަނާއިގެން އެކުލަވާލި އެންމެ ވަރުގަދަ ޓީމުން އެކްލަބަށް އެންމެ އަގު ބޮޑުކޮށް ގެނައި ނޭމާއަށް ޖާގަލިބިފައި ނުވާއިރު، މިޓީމުގެ ފޯވާޑު ލައިންއިން ޖާގަ ލިބިފައިވަނީ އެމްބާޕޭ، ކަވާނީ އަދި އިބްރަހިމޮވިޗަށެވެ.

ކަވާނީއަށް މިޓީމުން ޖާގަ ލިބޭއިރު، އޭނާއަކީ ޕީއެސްޖީގެ ތާރީޚުގައި އެކްލަބަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ. ކަވާނީ ޕީއެސްޖީއަށް 198 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ޓީމުގެ ފޯވާޑު ލައިންގައި ދެން ހިމެނޭ އިބްރަހިމޮވިޗަކީ މިލިސްޓްގެ ދެވަނާގައި އޮތް ކުޅުންތެރިޔާއެވެ. އޭނާވަނީ ޕީއެސްޖީއަށް 156 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެމްބާޕޭއަކީ މިހާރު އެކްލަބުގައި ހުރި އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާއެވެ. 2018 ވަނަ އަހަރު ޕީއެސްޖީއާއި ގުޅުނު އެމްބާޕޭ މިހާރުވެސް އެކްލަބަށް 79 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 222 މިލިއަށް ޔޫރޯއަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއާއި ނޭމާ ގުޅުނީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، ވޭތުވެދިޔަ ދެސީޒަންގައިވެސް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ނަމަވެސް އެދެސީޒަން އާއި ޚިލާފަށް މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާ މިސީޒަންގައި ލީގު 1 ގައި ކުޅުނު 11 މެޗުން 10 ލަނޑު ޖަހައި 4 އެސިސްޓް ހަދާފައިވެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ދެމެޗު ކުޅެފައިވާއިރު އެތަނުން އެއްމެޗުގައި ލަނޑު ޖަހާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ