ޗައިނާގެ ފުރަތަަމަ އަންހެން ޓުރެކްޓަރ ޑުރައިވަރު އުމުރުން 90 އަހަރުގައި މަރުވެއްޖެ

ޗައިނާގެ އެންމެ ފުރަތަމަ އަންހެން ޓުރެކްޓަރ ޑުރައިވަރު އަދި އެގައުމުގެ ނޭޝަނަލް އައިކަން ލިއަންގް ޖުން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ.

ލިއަންގް ޖުން ޗައިނާގެ އެންމެ ފުރަތަމަ އަންހެން ޑުރައިވަރަށް ވެގެން ގޮސްފައިވަނީ 1948 ގައެވެ. ލިއަންގް ޖުން ޓުރެކްޓަރ ދުއްވަން ފަށައިފައިވަނީ 1948 ވަނަ އަހަރު ޓުރެކްޓަރުންގެ ޑުރައިވަރުން ތަމްރީނު ކުރުމަށް ހިނގި ކޯހެއްގައި ބައިވެރިވުމަށް ފަހުގައެވެ.

ޓުރެކްޓަރ ދުއްވަން ފެށިތާ ދިހަ އަހަރު ފަހުން ލިއަންގް ޖުން ޓުރެކްޓަރ ދުއްވާ ފޮޓޯއެއްވަނީ ޗައިނާގެ ފައިސާ ޔުއާންގެ ނޫޓުގައި ޖަހައިފައެވެ.

ލިއަންގް ޖުން އުފަންވެފައިވަނީ 1930 ވަނަ އަހަރު ދަނޑުވެރި ފަގީރު އާއިލާ އަކަށެވެ. އަދި ލިއަންގް ޖުންގެ ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ދަނޑުވެރި ކަމުގައެވެ.

ޓުރެކްޓަރ ދުއްވަން ދަސްކޮށްދޭ ކޯހުގައި ލިއަންގް ޖުން ބައިވެރިވެފައިވަނީ 70 ބައިވެރިންނާއެކު އެވެ. އަދި މި 70 ބައިވެރިންގެ ތެރެއިން ހަމައެކަނި އަންހެން ބައިވެރިއަކީ ލިއަގް ޖުން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ