ވިލިމާލެ މަސްމާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓްގެ ޕްލޭންއާއި ކުރެހުން ނިންމައިފި

ވިލިމާލެ މަސްމާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓްގެ ޕްލޭންއާއި ކުރެހުން ވަނީ ނިމިފައިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދަޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރު ނިމުނު އިރު ވިލިމާލެ މަސްމާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓް ޕްލޭން ކޮށް ކުރެހުން ވަނީ ނިމިފައިކަމަށެވެ. މިކަންތައް ކޮށްފައި ވަނީ އެޗްޑީސީ، ޕްލޭނިންގ މިނިސްޓްރީ، އެލްޖީއޭ އަދި އެމް.އެން.ޔޫ ދަރިވަރުންގެ އެހީތެރިކަމާއި އެކުކަމަށްވެސް މާލޭ ސިތީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލުން ދަނީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މި މަސައްކަތްކަށް ބައެއް ފަރާތްތަކުގެ ފާޑު ކިޔުންވެސް އަމާޒުވެފައިވެއެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން މަޑުން ހުރެފައި ކައުންސިލް އިންތިޚާބު ބޯމަތި ވުމުން ގިނަ ކަންތައްތަކެއްގެ ވާހަކަ ދައްކަމުން އަންނަކަން ވަނީ ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ