2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި މާލީ ބަޔާން ހުށައަޅުއްވާފައިނުވާ ކެނޑިޑޭޓުންގެ މައްސަލަތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލާއިއެކު މަސްވަރާކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މެމްބަރުން ބައިވެރިވެލެއްވިއިރު ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލުންނާއި ފުލުހުން ބައިވެރިވެ ލެއްވިއެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުތަކާއި ގުޅިގެން ހުށައެޅޭ ޖިނާއީ މައްސަލަތަކާއި ގުޅޭގޮތުން ވެސް މަސްވަރާ ކުރައްވާފައެވެ.
Rayyithunge Majileehuge Inthikhaab 2019 ge candidateunge therein Maalee bayaan hushaalhafai nuvaa faraaiythakuge massala aai inthikhaab thakaa gulhigen hushahelhey jinaaee mahsala thakaa gulhey gothun mashvaraa kurumah @PGO_MV adhi @PoliceMv aa eku baahvaa bahdhaluvun pic.twitter.com/dGX7zC3RrH
— Elections Commission (@ElectionsMv) January 16, 2020
މިދިޔަ މަޖިލިސް އިންތިޚާބުގައި 386 ކެނޑިޑޭޓަކު ވާދަކުރެއްވިއިރު މާލީ ބަޔާން ހުށައަޅުއްވާފައިވަނީ 349 ކެނޑިޑޭޓުންނެވެ. މާލީ ބަޔާން 37 ކެނޑިޑޭޓަކު ހުށަނާޅުއްވަ އެވެ.



