ގެއަށްދާން ނޭނގުނު އުމުރުން ދުވަސްވީ ދެމީހަކަށް ފުލުހުން އެހީތެރިވެއްޖެ

ގެއަށް ދާން ނޭނގުނު އުމުރުން ދުވަސްވީ ދެމީހަކަށް ދިވެހި ފުލުހުން އެހީތެރިވެ ގެއަށް ގެންގޮސްދީފިއެވެ.

ފުލުހުން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގެއަށްދާން ނޭނގި މަގުމަތީގައި ހުރި އުމުރުން ދުވަސްވީ މީހަކަށް އެހީތެރިވެ، މިއަދު ހަވީރު 03:48 ހާއިރު އާއިލާ ކައިރިއަށް ގެއަށް ގެންގޮސްދީފައިވާ ކަމަށެވެ.

މީގެ އިތުރުން މިރޭ 07:15 ހާއިރުވެސް ސްޓެލްކޯ ކައިރިން އުމުރުން ދުވަސްވީ މީހަކު ގެއަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އޯގާތެރި މި އަމަލަށް ގިނަ ބައެއްގެ ތައުރީފް އޮހެމުންދާއިރު، މީގެ ކުރިންވެސް މިފަދަ ހިތްހެޔޮ ފުލުހުންނަށް އެތައް ބައެއްގެ ތައުރީފް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ