ބާސެލޯނާއަށް ނޫނެކޭ ބުނި ސަބަބު ޒަވީ ހާމަކޮށްފި

ބާސެލޯނާގެ ކޯޗުކަމަށް ނޫނެކޭ ބުނި ސަބަބު ޒަވީ ހެނަންޑޭޒް ހާމަކޮށްފިއެވެ.

ބާސެލޯނާގެ ހުށަހެޅުމެއް ލިބިފައިވާކަން ޒަވީ ޔަޤީންކޮށްދީފައިވާއިރު، ޒަވީ ބުނީ މިހުށަހެޅުން ލިބިފައިވަނީ އެރިކް އަބިޑާލްއާއި އޮސްކާ ގްރައު މެދުވެރިކޮށްކަމަށެވެ.

"އަދި މިއީ އަހަރެންގެ ކޯޗިން ކެރިއަރުގެ ވަރަށް ކުރީކޮޅު." ބާސެލޯނާގެ ހުށަހެޅުމަށް ނޫނެކޭ ބުނި ސަބަބު ހާމަކުރަމުން ޒަވީ ބުންޏެވެ.

މީގެއިތުރުން ޒަވީ ބުނީ، ކޮންމެވެސް ދުވަހަކުން ބާސެލޯނާއަށް ކޯޗު ކޮށްދިނުމަކީ އަދިވެސް އޭނާގެ ހުވަފެނެއްކަމަށެވެ.

އުމުރުން 39 އަހަރުގެ ޒަވީ މިހާރު ކޯޗުކޮށްދެމުންދަނީ ގަތަރުގެ އަލް ސާދުއަށެވެ.

ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގައެވެ. އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގު 8 ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާއިރު، ޒަވީ ބާސެލޯނާ ދޫކޮށްލާފައިވަނީ 2015 ވަނަ އަހަރުއެވެ.

އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމަށް ކީކޭ ސެޓިއެން ހަމަޖައްސައިފައިވަނީ މީގެ 3 ދުވަސް ކުރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ