ވިލިމާލެ އަށް ލައްވި ބޮޑުމަސް ކަނޑަށް ނެރެނީ | ފޮޓޯ : ޕޮލިސް

ވިލިމާލެ ފަޅަށް ވަތް ބޮޑުމަސް ސަލާމަތްކޮށްފި

ވިލިމާލެ ފަޅަށް ވަތް ބޮޑުމަސް ސަލާމަތްކޮށް ކަނޑަށް ދޫކޮށް ލައިފިއެވެ.

މިއަދު ފަތިހު 4:20 އެހާކަށްހާއިރު ވިލިމާލެ ގޮނޑުދޮށަށް މަރުނުވާ ބޮޑު މަހެއް ލެއްގި ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގޮނޑުދޮށަށް ލައްވި ބޮޑުމަސް ބަލާލަން ގިނަ އަދަދެއްގެ ބަޔަކު އަތިރިމައްޗަށް އެއްވެފައިވާ މަންޒަރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެއެވެ.

ފުލުހުން ބުނީ ވިލިމާލެ ޕޮލިސް އަދި އާންމުން ގުޅިގެން ވިލިމާލެ ގޮނޑުދަށަށް ލައްވި "ހަމްޕްބެކް ވޭލް" ބޭރަށް ނެރެ ކަނޑަށް ފުންކޮށް ސަލާމަތް ކޮށްދީފައި ވާކަމަށެވެ.

2018 ވަނަ އަހަރުވެސް މާލެ ކައިރިން "ހަމްޕްބެކް ވޭލް" ފެނިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ