ބާރަށް ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް ބްރިޖު އެންޓްރެންސް ކައިރިން ލޮނުޒިޔާރަތްކޮޅު ޕާކު ތެރެޔަށް ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ރޭ 11:50 އެހާއިރު މޫންލައިޓު ހިނގުމުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް ބްރިޖް އެންޓްރެންސް ކައިރިން ޕާކުތެރެޔަށް ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. އެހެންނަމަވެސް ކާރުގެ ކުރީ ބަފަރު ދެފަރާތުގެ އަރިމަތިން ގޭނި ހުސްވެ ލޮކް ގޮއްސައި އަދި ފަހަތު ބަފަރުގެ ލޮކު ނެއްޓިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކާރު ދުއްވަން އިނީ 32 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ލައިސަންސް އޮންނަ ނަމަވެސް އެކްސިޑެންޓު ހިނގި ގަޑީގައި އޭނާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ދެންނެވިއެވެ. އަދި ކާރު ދުއްވި ފަރާތަކީ ކާރުގެ ވެރިފަރާތް ނޫން ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.



