އާ ކޯޗު ކީކޭ، ބާސެލޯނާ ކުޅުންތެރިން ޑިނަރއަކަށް ގެންގޮސްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔަ މިޓީމް ޑިނަރ ބާއްވާފައިވަނީ ބާސެލޯނާގެ މަޝްޙޫރު ރެސްޓޯރެންޓެއްގައެވެ. ކީކޭ މިޑިނަރ އިންތިޒާމުކޮށްފައިވަނީ ބާސެލޯނާއާ ޙަވާލުވިފަހުން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަ މެޗުގެ ކުރިން ކުޅުންތެރިން ރަނގަޅަށް ދަސްކުރުމުގެ މަޤްސަދުގައިކަމަށް ރިޕޯޓްތައް ބުނެއެވެ.
މިޑިނަރ އިންތިޒާމްކޮށްފައިވަނީ ކީކޭ ބާސެލޯނާއާއި ޙަވާލުވިތާ ތިން ދުވަސް ފަހުންނެވެ. މިތިން ދުވަސްތެރޭގައި ބާސެލޯނާއާއެކު ހަތަރު ޓްރެއިނިންގ ސެޝަންތަކެއް ކީކޭ ބާއްވާފައިވެއެވެ.
އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމާއި ޙަވާލުވި ކީކޭ ސެޓިއެން ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 30 ޖޫން 2022 އާއި ހައަށް ދެމިހުންނާނެކަމަށް ބާސެލޯނާއިންވަނީ ބުނެފައެވެ.
ކީކޭގެ ކޯޗިން ކެރިއަރ ފަށާފައިވަނީ 2001 ވަނަ އަހަރު ރޭސިން ސަންޓަންޑާއިންނެވެ. އެއަށްފަހު ލަލީގާ 2 ގެ ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދިން ކީކޭވަނީ ރެއަލްބެޓިސްއާއި ގުޅުމަށްފަހު ލަލީގާގެ ތަޖުރިބާވެސް ކޮށްފައެވެ. 2017 ޖުލައިގައި ރެއަލް ބެޓިސްއާއި ގުޅުނު ކީކޭވަނީ 2019 ޖޫންއާއި ހަމައަށް އެކްލަބަށް އިރުޝާދު ދީފައެވެ.
ކީކޭގެ އިރުޝާދުގެ ދަށުން ބާސެލޯނާ ނުކުންނަ ފުރަތަމަ މެޗު އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އެރޭ 01:00 ގައި ފެށޭ އެމެޗުގައި ބާސެލޯނާ ނުކުންނާނީ ގްރަނާޑާއާއި ދެކޮޅަށެވެ.



