ދެއަހަރުގެ ތުއްތު ކުއްޖާ ރޭޕްކުރި ކުއްޖާގެ ކާފަ - ފޮޓޯ: ވީނިއުސް

ޖިންސީ ގޯނާކުރި މައްސަލައިގައި އިމާމު ސަސްޕެންޑް ކޮއްފި

ޖިންސީ ގޯނާކުރި މައްސަލައިގައި އިމާމު ސަސްޕެންޑް ކޮއްފިއެވެ.

2 އަހަރު ކުޑަކުއްޖަކާމެދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާގުޅިގެން ގއ.ކަނޑުހުޅުދޫ / ރިހިވެލި އިބްރާހިމް ދީދީ (62) އަހަރު، ކަނޑުހުޅުދޫ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާއިން މިހާރު ވާނީ ސްޕެންޑް ކޮށްފައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެެއްޖެއެވެ.

ގއ.ކަނޑުހުޅޫދޫގައި އުމުރުން ދެއަހަރުގެ ތުއްތު އަންހެން ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ކުއްޖާގެ ކާފަ އިބްރާހީމް ދީދީ ފުލުހުން ހައްޔަރިކޮއްފައިވަނީ އިއްޔެއެވެ.

މީގެއިތުރުން މިމައްސަލައާ ގުޅިގެން ކުއްޖާގެ ކާފަ އަދު މުނިކާފަ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން ޖަހާދީފައިވެއެވެ.

ފުލުހުންނާއި ޖެންޑާއިން މިމައްސަލަ އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. މިމައްސަލައާއި ގުޅިގެން ރާއްޖޭގެ އެކިހިސާބުތަކުގައި މުޒާހަރާކޮށް ހިނގާލުންތަށްބާއްވާކަންފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ