އަނިޔާވި އަންހެން މީހާ - ފޮޓޯ: މީސްމީޑިއާ

ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި އަންހެނަކަށް އަނިޔާވި މައްސަލަ ބަލަނީ

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު ލާއިންސާނީ ގޮތަކަށް ރޭޕްކުރި މައްސަލައިގައި އެ ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި އަންހެނަކަށް އަނިޔާވި މައްސަލަ ބަލަން ފަށައިފިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑްސް އިން ބަލަމުންދާކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވީ، ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ 108 ނަންބަރު ފްލެޓް ކައިރީގައި ހިނގި ހަމަނުޖެހުންތަކުގައި މެދުއުމުރުގެ އަންހެނަކަށް، ފުލުހަކު ހަމަލާދީގެން އަނިޔާތަކެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަނިޔާވި އަންހެން މީހާގެ އާއިލާގެ މެންބަރަކާ ކޮމިޝަނަރު މުޙައްމަދު ހަމީދު ބައްދަލުކުރައްވާފައިވާއިރު، އަނިޔާވި އަންހެން މީހާއަށް ޕްރޮފެޝަނަލް ކޮމާންޑްސް އިން ޒިޔާރަތްކޮށް މައްސަލައިގައި ތަޙްޤީޤު ފަށާފައިވާކަމަށްވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.

މި ހާދިސާގައި އަންހެން މީހާގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެންގޮސް ޒަހަމްވެފައިވާއިރު، އެއީ ފުލުހަކު ޖަހައިގެން ލިބިފައިވާ ޒަހަމްތަކެއް ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ތުއްތު ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕައާއި ދެކޮޅަށް ކުރި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރިކަމުގެ ތުހުމަތު ފުލުހުންނަށް ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ