އަލްހާން ފަހުމީ - ފޮޓޯ: ސަން އޮންލައިން

"ޙައްލަކީ ބަދަލު" - އަލްހާން ފަހުމީ

"ޙައްލަކީ ބަދަލު ކަމުގައި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރ ކަމަށް ކުރިމަތި ލައްވާނެކަން އިޢުލާން ކުރައްވާފައިވާ އަލްހާން ވިދާޅުވީ ޑިމޮކްރަސީ ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިވަގުތު ރާއްޖޭގައި ހަރުދަނާ އިދިކޮޅު ޕާޓީ އެއް ނެތުންކަމަށެވެ.

އަލްހާން އަކީ ރައީސް މަޢުމޫންގެ އަރިހުގައި ޑީއާރުޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ފަހުން އެމްޑީޕީއާއި ގުޅިވަޑައިގަން ބޭފުޅެކެވެ. އެމްޑީޕީގައި ހުރެ އެޕާޓީއާއި އެކުވެސް ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

އަލްހާން ވިދާޅުވީ ސަރުކާރަކީ 4 ޕާޓީ އެއްގެ ކޯލިޝަންއެއްކަމަށާއި މިހާލަތުގައި ސަރުކާރާ ސުވާލެއްވެސް ކުރެވޭނީ ކާކަށްތޯ ބުނެ ސުވާލުކުރައްވާފައެވެ. "އިދިކޮޅު ޕީޕީއެމް ގެ ލީޑަރޝިޕަށް ދެން ވާންވީގޮތެއް ނޭނގުނު" އަލްހާން ވިދަޅިވެފައިވެއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް ކެމްޕެއިން ކުރައްވަމުންގެންދަވާ އަލްހާން ދަނީ އޭނާގެ މޭޔަރ ކަމުގެ ދަށުގައި މާލެއަށް ގެންނާނެ ފަސޭހަތަކާއި ތަރައްޤީގެ ކުރިއެރުންތައް ހާމަކުރައްވަމުންނެވެ.

އަލްހާންގެ އިތުރުން މާލެ ސިޓީގެ މޭޔަރ ކަމަށް ކުރިމަތިލާނެކަން އިޢުލާނު ކުރައްވާފައިވާ ފަރާތްތަކަކީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރަށްވާ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒާއި އަހްމަދު ރަޝީދު (ބްރޯ) ގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ