ބައިސްކޯފުން ގެނެސްދެމުން އަންނަ ކާމިޔާބު ވެބް ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަން މި މަހުގެ 30 ވަނަ ދުވަހު ދައްކަން ފަށާނެކަން ޑައިރެކްޓަރު ފާތިމަތު ނަހުލާ މިހާރު ވަނީ ބުނެފައެވެ. ހަމައެއާއެކު، މި ފަހަރުގެ ސީޒަންގައި ފެނިގެންދާނެ ބޮޑު ބަދަލެއްގެ ވާހަކަވެސް ނަހޫ މިވަނީ ބެލުންތެރިންނާއި ހިއްސާކޮށްފައެވެ.
އެންމެންގެ ލޯބި ހޯދި "ހުވާ" ގެ ދެވަނަ ސީޒަންއިން، ސީރީޒްގެ މުހިއްމު އެއް ކެރެކްޓަރކަމުގައިވާ، ރަވީ ފާރޫޤްގެ ކެރެކްޓަރ، އާޒިމްގެ ރޯލުން ދެން ރަވީއެއް ނުފެންނާނެއެވެ. ރަވީ ގެ ބަދަލުގައި ދެން މި ރޯލުން ފެނިގެންދާނީ އެކްޓަރު އަބްދުﷲ މުޢާޒް(މުއާ) އެވެ.
ރަވީ ކުޅޭ ރޯލަށް މުއާ ހަމަޖައްސާފައިވަނީ، ރަވީއަށް ވަގުތު ދެވެން ނެތުމުންކަމަށް ނަހޫ ބުނެފައިވެއެވެ. މި ބަދަލާއެކު، މަރިޔަމް އައްޒަ ކުޅެފައިވާ ކެރެކްޓަރ، މިންހާ އާއެކު ދެން ފެނިގެންދާނީ މުއާ އެވެ. ސީރީޒްގައި މި ދެ ކެރެކްޓަރ އަކީ ދެމަފިރިންނެވެ. އަދި އައްޒަ އާއި މުއާއަކީ އަސްލު ދިރިއުޅުމުގައި ދެ ލޯބިވެރިންނަށް ވުމާއެކު މި ދެ ބައިވެރިންގެ ކެމިސްޓްރީ ހުވާގެ ދެވަނަ ސީޒަން އިން ފެނިގެންދާނެއެވެ.
"ހުވާ" ގެ ސީޒަން 2 ގައި މިންހާ އަދި އާޒިމްގެ ލޯބީގެ މަންޒަރުތައް ފެނިގެންދާއިރު، މި ބައިތައް ރަވީ އަދި އައްޒަ އެކުގައި ކޫޅުމަށް އެހާ ފަސޭހަ ނުވާތީވެ އައި ބަދަލެއްކަމުގައި ކަމަށްވެސް ނަހޫ ވަނީ ބުނެފައެވެ.
“ހުވާ” އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ.
“ހުވާ” ގެ ތަރިންގެ ތެރޭގައި ރަވީ ފާރޫގް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމްވެސް ހިމެނެއެވެ.





ހިޔާލު
Komme gotheh viyas cast chng kureema kadavaane..ravee varah salhi Koh ebai genesdhemun dhiyaee…