އަލްހާން ފަހުމީ - ފޮޓޯ: އޭއޯ ނިއުސް

"މާލޭގެ ގިނަ ރައްޔިތުންނަށް މޭޔަރަކު ހުންނެވިކަންވެސް ނޭނގޭ" - އަލްހާން

މާލޭގެ ގިނަ ރައްޔިތުންނަށް މޭޔަރަކު ހުންނެވިކަންވެސް ނޭނގޭ ކަމުގައި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން އިޢުލާނު ކޮށްފައިވާ އަލްހާން، މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދަށް އިޝާރާތް ކުރައްވައި ވިދާޅުވެފައިވަނީ މާލޭ މޭޔަރުގެ ޒިންމާ އެކަމަނާއަކަށް އަދާ ކުރެއްވިފައި ނުވާކަމަށެވެ.

މާލޭ ސިޓީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް އެކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާކަން ގިނަ ބަޔަކު ފާހަގަ ކުރައްވާއިރު މާލޭ ސިޓީގެ މޭޔަރ ޝިފާ ވަނީ އެކަން ދޮގު ކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މާލޭގެ ހާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި، މި މަސައްކަތްތަކަކީ މިހާރު އެކަނި ކުރައްވާ މަސައްކަތްތަކެއް ނޫންކަން ފާހަގަ ކުރައްވާފައެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ކެމްޕެއިން ކުރައްވަމުންދާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ވަނީ މާލޭ ސިޓީކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެލައްވާފައެވެ. "އަޅުގަނޑު އެދެނީ ދެން މިވަގުތަކަށް ކައުންސިލްގެ މަސައްކަތާ ކަމާނާ ދުރަށްޖެހިވަޑައިގަތުން!" މޭޔަރ ޝިފާއަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން އިންތިޚާބާއި ކުރިމަތިކޮށް ގިނަ ކަންތައްތަކެއް ކުރައްވަމުން އަންނަކަން މީގެ ކުރިންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކުރައްވާފައެވެ.

އަލްހާން އަންނަނީ އެމަނިކުފާނުގެ މޭޔަރު ކަމުގައި މާލެއަށް ގެންނާނެ ކުރިއެރުންތަކާއި ތަރައްޤީއާއި ފަސޭހަތައް ކިޔައިދެއްވަމުންނެވެ. އެގޮތުން އަލްހާން މިއަދު ވިދާޅުވެފައި ވަނީ އެބޭފުޅާގެ މޭޔަރު ކަމުގައި މާލޭ މަގުމަތީގައި އަދި ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފުވާ އުޅަނދުތަކުން ނަގާ ޖޫރިމަނާގެ ފައިސާއަކީ ސިޓީކައުންސިލަށް ލިބެންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ އެފައިސާއަކީ މާލޭގެ މައްސަލައަށް ހައްލު ހޯދުމަށް ޚަރަދުކުރެވޭ ފައިސާއަކަށް ހައްދަވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ