ރީކޯ މޫސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މަޖިލިސް

"އިންތިޚާބު ފަސްކޮށްފަ ދޮރުން ދޮރައް ހިނގައިގެން ބަލަން ވީ ކުޑަކުދިންގެ ހާލަތު" - ރީކޯ

އިންތިޚާބު ފަސްކޮއްފަ ޕާޓީީ ތަކުން ނުކުމެ ދޮރުން ދޮރައް ހިނގައިގެން ބަލަން ވީ ގޭގޭގައި އުޅޭމުންދާ ކުޑަކުންކުދިންގެ ކާލަތުކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ގިނަ މައްސަލަތަކެއް ފެންމަތި ވެފައިވަނިކޮށް ރީކޯ ވިދާޅުވެފައި ވަނީ އިންތިޚާބު ފަސްކޮށްފަ ދޮރުންދޮރަށް ހިނގައިގެން ބަލަންވީ އެފަދަ މުޞީބާތުގައި ޖެހިފަ ގޭގޭގައި ކިތައް ގޭގަ ތޯ ކުޑަކުދިން ތިބިތޯކަމަށެވެ.

"މިހާރުތި ހަދާ ގޮތަކީ ގޭގެއައް ވަދެ ވޯޓުލެވޭ މީހުނާ ވާހަދައްކާ ހާލު އަހާ ހަދަނީ" ރީކޯ ވިދާލުވެފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ބޮޑުވެ އެކަން ފެންމަތިވެފައި މިވަނީ ދެކުނުގެ ރަށެއްގައި ދެ އަހަރު ނުވާ ކުޑަކުއްޖެއް އެކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފަ ވެގެން ރޭޕްކޮށްފައިވާ މައްސަލައެއް މުޅިރާއްޖޭގެ ސަމާލުކަމަށް އައުމާއި ގުޅިގެންނެވެ.

އެއާއި އެކު އެފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ކުރިންސުރެ ފިޔަވަޅު އެޅިފައި ނުވާ ގިނަ މައްސަލަ ތަކެއްވެސް ވަނީ އަލުން ފެންމަތިވެފައެވެ.

މިފަދަ ގިނަ މައްސަލަތަކަކަށް އެކަށީގެން ވާ ފިޔަވަޅެއް ނޭޅި ގިނަ ދުވަސްތަކެއް ވެފައި ވާތީ ގިނަ ބައެއްގެ ހިތްހަމަ ނުޖެހުމާއި ފާޑު ކިޔުން ޖެންޑަރ މިނިސްޓްރީއަށާއި ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ