ޒުވާން ރޭނިއާގެ ސޮއި ރެއަލްމެޑްރިޑުން ހޯދައިފި

ފްލެމެންގޯގެ މެދުތެރެއަށް ކުޅެމުން އަންނަ ޒުވާން ރޭނިއާ ޖީސޫސްގެ ސޮއި ރެއަލްމެޑްރިޑުން ހޯދައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ޕްރެސްއެއްގައި ދެކްލަބުންވެސް އެކަން ހާމަކޮށްފައިވާއިރު، ރޭނިއާ ރެއަލްމެޑްރިޑާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތުހަމަވާނީ 30 ޖޫން 2026 އަށެވެ. ރެއަލްމެޑްރިޑުން ރޭނިއާ ގެނެސްފައިވަނީ 30 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށެވެ.

ރެއަލްމެޑްރިޑުގެ އިތުރުން ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، ޕީއެސްޖީ އަދި މެންޗެސްޓާރު ސިޓީއިންވެސް ރޭނިއާގެ ސޮއި ހޯދަން މަސައްކަތްކޮށްފައިވެއެވެ.

އުމުރުން 18 އަހަރުގެ ރޭނިއާ ބްރެޒިލްގެ 23 އަހަރުގެ ޤައުމީ ޓީމުގައިވެސް ހިމެނޭއިރު، މިހާރު ރޭނިއާ ހުރީ ކޮންމެބޯލް ޕްރިއޮލިމްޕިކް ޓާނަމަންޓްގައި ބްރެޒިލްއާއެކު ކޮލަމްބިއާގައެވެ. އެމުބާރާތަށް ފަހު މިސީޒަންގެ ބާކީބައި އޭނާ ހޭދަކުރާނީ ރެއަލްމެޑްރިޑްގެ ރިޒާވް ޓީމްގައެވެ.

ރޭނިއާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނީ، ރޭނިއާއަކީ ބްރެޒިލްގައި ހުރި ޒުވާން އެންމެ މޮޅުކުޅުންތެރިޔާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ