"މާމުއި" އަނެއްކާވެސް އެނބުރި ސިނަމާއަށް އަންނަނީ!

މިދިޔަ އަހަރު ޑާކް ރެއިން އެންޓެޓެއިންމެންޓް އިން ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމް "މާމުއި" ގެ ޝޯތަކެއް އަނެއްކާވެސް ސިނަމާގައި އަޅުވަން ނިއްމާ އެކަން އިއުލާންކޮށްފިއެވެ.

ޑާކް ރެއިން އިން ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި "މާމުއި" ގެ ދެ ޝޯ ދެން އަންނަ ފެބްރުއަރީ މަހުގައި އެޅުވުމަށް ނިއްމަފައިވާކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިލްމް ގެ ދެ ޝޯ އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ނިއްމާފައިވަނީ ފެބްރުއަރީ މަހުގެ 6 އަދި 8 ވަނަ ދުވަހުއެވެ. އަދި ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެއެވެ.

"މާމުއި" ގެ ހައުސްފުލް ޝޯތަކެއް ކުރިން ދައްކާފައިވާއިރު، އޭރު ފިލްމް އޮލިމްޕަހުން ނަގަން ޖެހުނީ ފިލްމަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުންނެވެ. އެހެންކަމުން ފިލްމް ބަލާލަން ބޭނުންވެފައިވާ ފަރާތްތަކަށް ފިލްމް ބަލާލުމުގެ ފުރުސަތު ޑާކް ރެއިން އިން އަނެއްކާވެސް މިވަނީ ފަހިކޮށްދީފައެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމް “މާމުއި” އަކީ ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދީފައިވާ ފިލްމެކެވެ. އަދި މި ފިލްމް ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު އެޅުވި އެންމެ ކާމިޔާބު ފިލްމަށެވެ.

މާމުއިގެ ހައުސްފުލް 10 ޝޯ މާލޭގެ ސިނަމާގައި މީގެ ކުރިން ދައްކާފައިވާއިރު، ގިނަ ބަޔަކަށް ފިލްމް ވަނީ ކަމުގޮސްފައެވެ. އަދި އަތޮޅު ތެރޭގައިވެސް ފިލްމްގެ ކާމިޔާބު ގިނަ ޝޯތަކެއް ވަނީ ދައްކާފައެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ، އިސްމާއިލް ޖުމެއިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އިބްރާހިމް އަމާން ހުސެއިން، އަލީ ޝަލްލީލް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ، މާރިއާ ތްރޭސާ، އައިމިނަތު ނޫރާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއެއިބު، މުހައްމަދު ފައިސަލް، އަބުދުﷲ ޝާފިއު (ފުބޫ)، އަދި އާދަމް އާދަމް ރިޒްވީ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ