ކޮޕަޑެލްރޭ - އިބީޒާއާއި ދެކޮޅަށް މިރޭ މެސީ ނުކުޅޭނެ

ކޮޕަ ޑެލް ރޭ ގައި މިރޭ އިބީޒާއާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗުގައި ލިއޮނަލް މެސީ ނުކުޅޭނެކަމަށް ބާސެލޯނާއިން ބުނެފިއެވެ.

އިބީޒާގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗަށް ކޯޗު ކީކޭ ދަތުކުރުކޮށްފައިވަނީ ބާސެލޯނާ މުހިންމު ތިން ކުޅުންތެރިން ނުހިމަނައެވެ. އެގޮތުން ބާސެލޯނާގެ ޓީމުގައި ހިމަނާފައިނުވަނީ މެސީއާއި ޕީކޭގެ އިތުރުން ބުސްކެޓްއެވެ. މިކުޅުންތެރިން ލިސްޓްގައި ހިމަނާފައިވަނީ އެކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންކަމަށްވެސް ބާސެލޯނާއިންވަނީ ބުނެފައެވެ.

މިރޭ 11:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗަކީ ކޮޕަ ޑެލް ރޭ ރައުންޑް އޮފް 32 ގެ މެޗެކެވެ.

ބާސެލޯނާއަކީ ކޮޕަ ޑެލް ރޭ ގައި ވަރަށް ކާމިޔާބު ޓީމެކެވެ. އެގޮތުން ބާސެލޯނާއިން މިމުބާރާތް 30 ފަހަރު ކާމިޔާބުކޮށްފައިވެއެވެ. ވޭތުވެދިޔަ 10 ސީޒަންގައި ބާސެލޯނާއިން ކޮޕަ ޑެލް ރޭ 5 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެއެވެ. އަދި މިދުވަސްތަކުގައި ޖެހިޖެހިގެން ހަތަރު ސީޒަނެއްގައި ބާސެލޯނާއިން މިމުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ