އެއާޕޯޓުގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރަން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަންނަ ފަރާތައް ކްރޯނާ ވައިރަހަށް ސްކްރީން ކުރުމުގެ މަސައްކަތް ހެލްތް ޕޮރޮޓެކްޝަން އެޖެންސީން ފަށާފައި ވާކަމަށެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖެ އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މިކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންގެންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބަޔާންކޮށްފައި ވެއެވެ.

ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަދި ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ކްރޯނާ ވައިރަސް އިން ރައްކާތެރި ކުރުމަށްޓަކައި ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބަޔާން ކޮށްފައެވެ.

ކްރޯނާ ވައިރަހިގެ ސަބަބުން ޗައިނާގައި 9 މީހަކު މިހާރު މަރުވެފައިވާއިރު ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން ދަނީ ރާއްޖެ އަންނަމުން ނެވެ. ޗައިނާ އަކީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ