އީވާ - ފޮޓޯ: ސަން

އެމްޑީޕީއާ ވާދަކޮށްލެވޭނެ ބަޔަކު ރާއްޖޭގައި ނެތް - އީވާ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ ވާދަކުރެވޭ ސިޔާސީ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ކުރިއަށް އޮތް ރަޔިތުންގެ މަޖިލިސް އިންތިހާބަށް ދުރާލާ ރާވައި، އިންތިޒާމްކޮށްގެން ސިޔާސީ ހަރަކާތް ހިންގަނީ އެމްޑީޕީ އެކަނި ކަމަށާއި އިންތިހާބުގައި އެމްޑީޕީއާ ވާދަ ކުރެވޭ އެހެން ސިޔާސީ ބަޔަކު ނެތްކަމަށެވެ.

"އަޅުގަނޑުމެން ދޮރުން ދޮރަށް ހިންގާ. ރަށުން ރަށުން ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކޮށް އަޑުއަހާފައި އަޅުގަނޑުމެން ސިޔާސަތުތަކެއް އެކުލަވާލީ. އެމްޑީޕީގެ ގައުމީ މަޖިލިސްއާއި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންނާއި އަޅުގަނޑުމެން އެއްތަނެއްގައި ތިބެގެން މަޝްވަރާކޮށް، ވޯކްޝޮޕްތައް ބާއްވާގެން، ސިޔާސަތުތަށް އެކުލަވާލައިގެން، ގާނުނުތަކުގެ ޑްރާފްޓް ހަދައިގެން އަޅުގަނޑުމެން ރައްޔިތުންނާ ކުރިމަތިލައިގެން މި ތިބީ،" ރަޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަކަށް ވާދަކުރައްވާ އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެގޮތަށް އިންތިޒާމް ވެގެން ސިޔާސީ ހަރަކާތް ހިންގާ އެހެން ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި އެެހެން ހުރިހާ ސިޔާސީ ޕާޓީތައް ކުރާ މަސައްކަތަކީ ހަމައެކަނި އެމްޑީޕީއަށް ފާޑުކިޔުން ކަމަށެވެ.

"އެމްޑީޕީއާ ވާދަކުރެވޭ ސިޔާސީ ބަޔަކު ރާއްޖޭގައި ނެތް. އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތްތަކެއް ހިންގަނީ އެމްޑިޕީން އެކަނި،" އިވާ ވިދާޅުވިއެވެ.

ކޯލިޝަން އެގްރީމެންޓެއް ނެތްކަމަށް ވިދާޅުވެ، އެމްޑީޕީން ވަނީ ނިލަންދޫ ދާއިރާ ފިޔާވާ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ