ތިލަދުންމަތީ ފިކުރައިގެން ވައކަރަދޫ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އަދާލަތުގެ ކެންޑިޑޭޓް، ހުސައިން ޘަގީފްގެ ކެމްޕޭނަށް ހދ.ނެއްލައިދޫގައި ދަމާފައިވާ ތަކެއްޗަށް ބަޔަކު ގެއްލުންދީފިއެވެ.
ރޭ ނެއްލައިދީގައި ގެއްލުންދީފައިގވަނީ ޘަގީފް ކެމްޕޭނަށް ދަމާފައިވާ ބެނާތަކަށާއި، ގިނަ އަދަދެއްގެ ޕޯސްޓަރުތަކަށެވެ.
މިކަމާ ގުޅިގެން ހުސައިން ޘަގީފް ވިދާޅުވީ، ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ހުރިހާ ކެންޑިޑޭޓުންނަށް އޮންނަޖެހޭ ކަމަށާއި، މިގޮތަށް ބެނާތައް ކަނޑާ، ޕޯސްޓަރުތައް ވީދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ޘަގީފްގެ އިތުރުން ވައިކަރަދޫ ދާއިރާއަށް ދެން ވާދަކޮށް ކެމްޕޭން ކުރަމުންދަނީ އެމްޑީޕީގެ ހުސައިން ޒިޔާދު (ފިއްޓޭ) އަދި ޖުމްހޫރީ ޕާޓީގެ ޢަބްދުﷲ ޝަރީފް (ފިއްލަދޫ ޝަރީފް) އެވެ.

ނެއްލައިދޫގައި ދަމާފައިވާ ތަކެއްޗަށް ރޭ ގެއްލުން ދިންއިރު، މިއަދުގެ ވަގުތެއްގައި ޘަގީފް އަދި ކެމްޕޭން ޓީމް މިއަދު ނެއްލައިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލިސް އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.




