ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށު މީހާ ކުރިމަތިލީމާ ވަކި އެމީހަކަށް ވޯޓް ދޭން ނުޖެހޭނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓްގައި އަލިފުށި ދާއިރާގެ މަޖިލިސް މެންބަރުކަމަށް ވާދަކުރައްވާ ހުސައިން ރަޝީދު ހުސައިންގެ ކެމްޕޭން ޖަލްސާގައި ދާދި ދެންމެ ވާހަކަފުޅު ދައްކަވަމުން ރ.އަނގޮޅިތީމުގައެވެ.
"މިހާރު މިއުޅެނީ ރަށުމީހަކު ހޯދާކަށެއްވެސް ނޫން. މިއުޅެނީ ރަށުގައި ހުރި ރުކެއް އަޅާލާކަށެއް ނޫނޭ. މިއުޅެނީ ރަށު މީހެއް ހޯދާކަށް ނޫން، މިއުޅެނީކީ ފަޅުތެރޭގައި އޮތް އޮޑިއެއް އެހެލާކަށް ނޫން. މިއުޅެނީ ކަނޑައެޅިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތާއި އަދި ޕާޓީގެ ނިޒާމާއި، ޕާޓީގެ އެއް މެންބަރަކު މިހާރު މުޙައްމަދު ރަޝީދު އަނގޮޅިތީމު މެންބަރެއްގެ ގޮތުގައި ހުންނަވާއިރު އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުންނާނަން އެހެން މެންބަރެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް އޭރަށްވެސް މަސައްކަތް ކުރެވޭނީ ޖުމްލަކޮށް، އެހެންވީމަ ވިސްނަވާފަ މިކަން ކުރައްވާން ޖެހޭނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާނީ "ޖީބަށް" އެންމެ ރަނގަޅުގޮތަށް ކަމަށެވެ.
"އަދި ގޭމީހަކަށް ވެގެންވެސް ކުރައްވައިގެން ނުވާނެ. ރަށު މީހަކަށް ވެގެންވެސް ކުރައްވައިގެން ނުވާނެ. އާއިލާ މީހަކަށް ވެގެންވެސް ކުރައްވައިގެން ނުވާނެ. ޖުމްލަކޮށް ވިސްނާމަ ޖީބަށް އެންމެ ރަނގަޅުވާނީ ކޮން ގޮތަކަށްތޯ ބަލާފަ މިކަން ކުރަންވާނީ." ނަޝީދު ވިދާޅުވިއެވެ.
ރަށު މީހަކު މަޖިލީހަށް ކުރިމަތިލާފައިވީ ނަމަވެސް، ރަށު މީހާއަށް ވޯޓް ދޭން ނުޖެހޭކަމަށް ނަޝީދު ވިދާޅުވިއިރު، ބައެއް ކެންޑިޑޭޓުން ގެންދަވަނީ "ރަށު މީހާ ރަށަށް" "ދާއިރާގެ ދަރި ދާއިރާއަށް" ފަދަ ޝިއާރުތަށް ބޭނުންކޮށްގެން މަޖިލިސް ކެމްޕޭން ކުރައްވަމުންނެވެ.
ހިޔާލު
ތިކިޔާ ކޮންމެސް އެކައްޗެ ކިޔާބަލަ، ތިގޮތައްބަލާ ކަމައްވަންޏާ ތިމާގެ ޕާޓީއަކައް ވެސް ބަލާނި ކަމެއްނެތް،…… ޖީބައް…ޖީބައް
މީނާ އައްތަ އެނގޭނީ ހޮވަންޖެހޭ މީހެެއްވެސް..! ބައްޔެކޭ.
މިނާއަށް ވިޔާ ހުރިހަކަމެއް އިންގޭނީ
ކޮމެންޓް ކުރުން ބަންދު