ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ މަޖްލިސް ބަހުސްގައި ވަކި ކުލައެއްގެ ޓައީއެއް ނޭޅީ ދާއިރާގެ ހުރިހާ ރައްޔިތުން ތަމްސީލުކުރުމަށް ކަމުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ޘަގީފް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ޘަގީފް ވިދާޅުވީ ބަހުސްގައި އެހެން ކެނޑިޑޭޓުންނާއި ޚިލާފަށް ޕާޓީ ކުލައިގެ ޓައީއެއް އަޅާފައި ނެތުމުން ގިނަ ބަޔަކު ސުވާލުކުރާ ކަމަށާއި އެގޮތަށް ޢަމަލުކުރެއްވީ ދާއިރާގެ ހުރިހާ ރައްޔިތުން ތަމްސީލުކުރުމަށް ކަމަށެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ ވައިކަރަދޫ ދާއިރާގެ ބަހުސްގައި އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ވާދަކުރައްވާ ހުސައިން ޒިޔާދު އެޕާޓީގެ ރަސްމީ ރީނދޫ ކުލައިގެ ޓައީއެއް އަޅައިގެންހުރި އިރު ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަބްދުﷲ ޝަރީފް ހުރީ ރަތް ކުލައިގެ ޓައީއެއް އަޅައިގެންނެވެ.
ބަހުސްގައި ޡަޤީފް ވިދާޅުވެފައިވަނީ މަޖްލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މުޅި ތިލަދުންމަތި ފަޚުރުވެރިވާނެ ފަދަ ގޮނޑިއަކަށް ވައިކަރަދޫ ދާއިރާގެ ގޮނޑި ހަދައިދޭނެ ކަމަށާއި ތިލަދުންމަތި ފަޚުރުވެރިވާނެ ފަދަ ނަމޫނާ މެމްބަރަކަށް ވާނެ ކަމަށެވެ.
ހިޔާލު
ދެއްކުންތެރިކަން. ހޮވުނީމަ ވައްސަލާމް. ހޯދާ ނުފެންނާނެ. ވައިކަރަދޫ މީހުންގެ ވައްތްރު ތިޔައީ
ކޮމެންޓް ކުރުން ބަންދު