ރަށް ގިރުމަށް އަމިއްލައަށް ހައްލު ހޯދޭނެ ވަރަށް ލާމަރުކަޒީ ވާންޖެހޭ : އަލީ ހުސައިން

ރަށް ގިރުމުގެ މައްސަލަތަކަށް ކައުންސިލުން އަމިއްލަ އަށް ލާމަރުކަޒީ ވާން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ މީހާކު ކުރެއްވި ޓްވީޓަކަށް ރިޕްލައި ކުރައްވަމުންނެވެ. އަލީ ހުސައިން ވިދާޅުވީ ރަށް ގިރުމުގެ ހައްލު ރަށު ކައުންސިލުން އަމިއްލަ އަށް ހޯދޭ ވަރަށް އެބަ ލާމަރުކަޒީ ވާންޖެހޭ ކަމަށެވެ.

ބ. ކުޑަރިކިލި ވަރަށް ބޮޑަށް ގިރާފައިވާ ފޮޓޯ ތަކެއް ސޯސަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ޖަލީލު ޓްވީޓް ކުރެއްވުމުން އެޓްވީޓަށް އަލީ ހުސައިން ވިދާޅުވެފައިވަނީ އުފެދިފައި ހުރި ރަށްތައް ހިމާޔަތްކުރުން މާ މުހިންމު ކަމަށެވެ.

އަލީ ހުސައިންގެ އެ ޓްވީޓަށް މީހަކު ރިޕްލައި ކޮށްފައިވަނީ ކުޑަރިކިލި ކައުންސިލުން ވަނީ މިކަން އެތައް ފަހަރަކު ކަމާއި ބެހޭ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ކަމަށާއި ސިޓީ ތަކަށް ޖަވާބު ވެސް ނުދެއްވާ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވެފައިވަނީ ކޮންމެވެސް ޖަވާބެއް ދެއްވަން ޖެހޭނަކަމަށާއި ހުރިހާ ކަމަކަށްވެސް އެދި ސިޓީ ފޮނުވަން މިޖެހެނީ މާލޭ ސަރުކާރަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ