ދަރަނި ނަގައިގެން ބްރިޖް އަޅާއިރު ރަށްރަށުގެ ނަރުދަމާއެއް ނެތް: އަލީ ހުސައިން

ބޮޑެތި ދަރަނި ނަގައިގެން ބްރިޖް އަޅާއިރު ގިން ރަށްރަށުގެ ނަރުދަމާ ނިޒާމެއް ނެތް ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީތެއްގައި ވިދާޅުވެފައިވަނީ މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ރާއްޖޭގެ ގިނަރަށްރަށުގެ ނަރުދަމާ ނިޒާމެއް ނެތް ކަމަށެވެ.

ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ބައެއް ރަށްރަށުގެ ރައްޔިތުންނަށް މަޖުބޫރުވެފައި އޮތީ ނަރުދަމާގެ ނިޒާމު ނެތުމުގެ ސަބަބުން ތަޣައްޔަރު ވެފައިވާ ނަޖިިިިސްފެން ބޮލަށް އަޅާލަ އަޅާލަ ތިބެން ކަމަށާއި އަނެއްބައި ރަށްރަށުގައި އަރާފޭބުން އެހާ ދަތި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ ސާވޭގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސްތަކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑް ކުންފުންޏަކާއެވެ. އަދި ބްރިގްގެ މަސައްކަތް ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާ ކުންފުންޏަކާއި ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާލުވެފައި ވެއެވެ.

6،695 ކިލޯ މީޓަރުގެ ބްރިޖުތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މާލެ، ވިލިނގިލި، ތިލަފުށީ އަދި ގުޅީފަޅު ގުޅާލުމަށް ތިން ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައިވާއިރު މި ބްރިޖް އަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ