ޤާނޫނު އަސާސީއަށް 12 އަހަރު: ހައުސިން އަދި ފުޑް އެލެވެންސް ދިނުމުގައި އޮތް ތަފާތުކުރުން ހައްލެއްނުވޭ

ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ފެހި ޤާނޫނު އަސާސީއަށް މިއަދު ބާރަ އަހަރު ފުރިފައިވާއިރު، ވަޒީފާގެ މާހައުލުގައި ދިވެހިންނަށް ހައުސިން އަދި ފުޑް އެލެވެންސް ދިނުމުގައި އޮތް ތަފާތުކުރުން އަދިވެސް ހައްލު ނުވާކަމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ފެހި ޤާނޫނު އަސާސީއަށް ބާރަ އަހަރު ފުރުން މިއަދު ފާހަގަ ކުރެވެމުންދާ ދަނޑިވަޅުގައެވެ.

އެގޮތުން ޢަލީ ޙުސައިން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއަށް މިއަދު ބާރަ އަހަރު ފުރޭޢިރުވެސް ދިވެހި ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، އެކައުންޓެންޓުން އަދި ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެން ގައުމުތަކުގެ މީހުންނާއި އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުން ހައްލުނުވާކަމަށެވެ.

އަލީ ޙުސައިން ވިދާޅުވެފައިވާ ގޮތުގައި އެބޭފުޅާ ކުރެއްވި ޓްވީޓްގައި ވަކި ދާއިރާތަކެއްގެ ނަންތައް ފާހަގަ ކުރެވިފައި ވީނަމަވެސް އެ ޓްވީޓްގައި ހުރިހާ އެންމެން ވެސް ޝާމިލްވާކަމަށެވެ.

އަލީ ޙުސައިން ވިދާޅުވެފައިވަނީ އެއްވެސް މީހަކު ނިސްބަތްވާ ޤައުމަށް ބަލައި ތަފާތު ނުކުރެވޭނެ ކަމަށް ޤަނޫނު އަސާސީގައި ލިޔެވިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ