ވިލިމާލެ ހޮސްޕިޓަލުގެ ބިއްލޫރިގަނޑު ރޭ ދަންވަރު ތަޅާލައިފިއެވެ.
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކަށް ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ދޭތީ ކަމަށް ބުނެ، އާންމުންގެ ބަޔަކު ރޭ ހޮސްޕިޓާ ކައިރީ އިހުތިޖާޖުކޮށްފައިވާއިރު މިއީ ރޭ އިހްތިޖާޖުގެ ތެރެއިން ހިނގި ކަމެކެވެ. ފޮޓޯއިން ފެންނަ ގޮތުގައި ވިލިމާލެ ހޮސްޕިޓަލް އެމަޖެންސީ ރޫމުގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާލައިފައެވެ.
ވިލިމާލެ ރައްޔިތުން ނިކުމެ 12 އަހަރުގެ ދަރިފުޅަށް މަސްތުވެގެން ހުރެ ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުގައި ވަނީ އެކުއްޖާގެ ބައްޕަ އަށް އަނިޔާ ކޮށްފައެވެ. އޭގެ ފަހުން ފުލުހުންވަނީ އެމީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮއްސަ އެވެ.
ފުލުހުން ރޭ ވަނީ އެ މީހާ ގޮވައިގެން ލޯންޗުގައި މާލެއަށް ގޮސްފައެވެ.



