މެދު ރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ 4 ކުއްޖަކު ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ މަސައްކަތަށް އެރަށުގެ ބައެއް ފަރާތްތަކުން ހުރަސް އަޅަމުން އަންނަކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑަރ މިނިސްޓްރީން މިއަދު ބުނެފައިވަނީ މެދު ރާއްޖެތެރޭ ރަށެއްގެ އެއް އާއިލާ އަކަށް ނިސްބަތްވާ 4 ކުއްޖަކު ދިރިއުޅެމުންދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއްގައި ނޫންކަމަށެވެ.
ޖެންޑަރ މިނިސްޓްރީން ކުރި ޓްވޭޓެއްގައި މިހެން ވިދާޅުވެފައިވާއިރު އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރަން އުޅުމުން އެރަށުގެ ބައެއް ފަރާތްތަކުން އަންނަނީ އެކަމަށް ހުރަސް އަޅަމުންކަމަށްވެސް މިނިސްޓްރީން ކުރި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ
މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން އަންނަނީ ހުރަސްއަޅަމުން.
— Ministry of Gender, Family and Social Services (@MoGFSSmv) January 24, 2020
ރޭގައި ވަނީ ނޯތް ސެންޓުރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ތިން ފިރިހެނުންގެ ގުރޫޕަކުން 17 އަހަރުގެ އަންހެން ކުއްޖެއް ގޭންގް ރޭޕްކުރި މައްސަލައެއްވެސް ފުލުހުން ތަހްގީގު ކުރަން ފަށައިފަ އެވެ.