ވަގަށް ނަގައިފައިވާ ކެޔޮގަނޑަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގައިފައިވާ ކެޔޮގަނޑަކާއެކު 38 އަހަރުގެ ދިވެހި ފިރެހެނަކު މިއަދު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 07:18 ކަންހާއިރު ބޮޑުތަކުރުފާނު މަގު ސުޓީލް ހާރޑްވެއަރ ކައިރިން ގޯންޏެއް ހިފައިގެންދިޔަ 38 އަހަރުގެ ފިރެހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގައިފައިވާ ކެޔޮގަނޑެއް ފެނިފައި ވާކަމަށެވެ.

މިމީހާ ހައްޔަރުކޮށް މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ވައްކަމުގެ އިތުރު ދެމައްސަލައެއްގައި މިއަދުވަނީ މާލެއިން ދެމީހަކު ހައްޔަރުކޮށްފައެވެ. މިގޮތުން އެކަކު މިއަދު 2:15 ހާއިރު ހައްޔަރު ކޮށްފައި ވާއިރު ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު 2:25 ހާއިރެވެ.

ބަންދު ދުވަސްތަކާއި ދިމާކޮށް ވައްކަމުގެ މައްސަލަތައް އަބަދުވެސް އިތުރު ވެއެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން އަންނަނީ އިލްތިމާޒް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ