އަލްހާން ފަހުމީ - ފޮޓޯ: ސަން އޮންލައިން

މަހަކު 2000 ރ. ދައްކައިގެން ފުލެޓް މިލްކުވާނެ ނިޒާމެއް މާލޭ މީހުންނަށް ދައްކާނަން: އަލްހާން

މަހަކު 2000 ރ. ދައްކައިގެން ފުލެޓް މިލްކުވާނެ ނިޒާމެއް މާލޭ މީހުންނަށް ދައްކައިދޭނެކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވީ، މާލޭ ރަށްވެހިންނަށް މާލޭގައި ހިންގޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން އިސްކަން ކަށަވަރުކޮށްދޭނެކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލުގެ ދަށުގައިވާ ބިންތަކުން އެކި އަވަށްތަކުގައި ބޯހުޔާވަހިކަން ނެތް މީހުންނަށް ޚާއްސަކޮށް ފްލެޓް އަޅާ މަހަކު 2000 ރުފިޔާ ދައްކައިގެން މިލްކުވާނެ ނިޒާމެއް ދައްކައިދޭނަންކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ކެމްޕެއިން ކުރައްވަމުންދާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ވަނީ މާލޭ ސިޓީކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެލައްވާފައެވެ.

އެގޮތުން މާލޭގެ ގިނަ ރައްޔިތުންނަށް މާލޭގައި މޭޔަރަކު ހުންނެވިކަންވެސް ނޭނގޭ ކަމުގައިވެސް މީގެކުރިން އަލްހާން ވިދާޅުވެފައިވެއެވެ.

އަލްހާން އަންނަނީ އެމަނިކުފާނުގެ މޭޔަރު ކަމުގައި މާލެއަށް ގެންނާނެ ކުރިއެރުންތަކާއި ތަރައްޤީއާއި ފަސޭހަތައް ކިޔައިދެއްވަމުންނެވެ. އެގޮތުން އަލްހާން ވިދާޅުވެފައި ވަނީ އެބޭފުޅާގެ މޭޔަރު ކަމުގައި މާލޭ މަގުމަތީގައި އަދި ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފުވާ އުޅަނދުތަކުން ނަގާ ޖޫރިމަނާގެ ފައިސާއަކީ ސިޓީކައުންސިލަށް ލިބެންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ އެފައިސާއަކީ މާލޭގެ މައްސަލައަށް ހައްލު ހޯދުމަށް ޚަރަދުކުރެވޭ ފައިސާއަކަށް ހައްދަވާނެކަމަށްވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ