ސްކޫލްތަކުގައި ހިންގަމުންދާ "ދަސްވާރު ޕްރޮގްރާމް" އިތުރަށް ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން ވަނީ ނިންމާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީއން ވިދާޅުވީ، ދަސްވާރު ޕްރޮގްރާމް އަމާޒު ކުރެވިގެން ދިޔައީ ތަޢުލީމީ ގޮތުން ދަށް ދަރިވަރުންނަށް ކަމުން ގިނަ ދަރިވަރުންތަކެއް ތަޢުލީމީ ސަފުން ބާކީވެގެން ގޮސްފައިވާކަމަށާއި، އަދި ދަސްވާރު ނިންމާ ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޔަންކިޔަން ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާކަމަށެވެ.
ދަސްވާރަށް ބައެއް ދަރިވަރުން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަން ފާހަގަކުރައްވައި މިނިސްޓްރީއިން ވިދާޅުވީ، ސްކޫލްގެ ނަތީޖާ މަތިކުރުމަށް ޤައުމީ މަންހަޖުގައި ހިމެނޭ މުހިންމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރެވިފައިވާކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ޘާނަވީ ތަޢުލީމްގެ މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާކަމަށާއި، އަދި ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެގުމުން ދަށް ގްރޭޑް ތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ލުއިގޮތަކަށް ޘާނަވީ މަރުހަލާ ނިންމާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.
އެހެން ނަމަވެސް، ބައެއް ސްކޫލްތަކުގައި ފާއިތުވިދިޔަ އަހަރު ތަކުގައި މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއެކު
ގެންގޮސްފައިވާކަން މިނިސްޓްރީއިންވަނީ ފާހަގަކޮށްފައެވެ.



