ހެލްތު މިނިސްޓަރ އަމީން | ފޮޓޯ : މިހާރު

ހަސަން ލަތީފު މިނިސްޓަރ އަމީން އަށް : ޒިންމާދާރު ކަމާއިއެކީ ވަޒީފާ އަދާނުކުރެވެންޏާ އިސްތިއުފާ ދެއްވާ

ޒިންމާދާރު ކަމާއިއެކީ ވަޒީފާ އަދާ ނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަށް އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފު ގޮވާލައްވައިފި އެވެ.

އަންހެނުން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެފައިވާ މިހާރު ނޫހުގެ ހަބަރެއް ޓްވީޓް ކުރައްވަމުން ހަސަން ލަތީފު މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ޒިންމާދާރު ކަމާއިއެކީ ވަޒީފާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދެއްވުމަށެވެ.

ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް މަސައްކަތް ކުރަން އިނގޭ މީހުން ބައިވަރު އެބަ ތިއްބެވިކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

އަންހެނުން ހިތާނަ ކުރުމާއިބެހޭ ގޮތުން ދީނީ ރައުޔަކަށް ދާދިފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ފަތުވާ ކޮމެޓީގައި އެދިލައްވާފައެވެ. މިކަން ހޫނު ވުމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެއީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަކަށް ކުރި ކަމެއް ނޫންކަމަށާއި އެޗްޕީއޭ އިން އެކަމުގައި ދީނީ ގޮތުން އޮންނަ ގޮތް ބެލުމަށް އެދުމުން އިސްލާމިކް މިނިސްޓްރީން ފަތުވާ ކޮމެޓިގައި އެދުނީ ކަމަށެވެ.

ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުންދާއިރު ކޮރާނޯ ވައިރަހަށް ސްކްރީން ކުރުމުގެ އިންތިޒާމުތަށް ވަރުގަދަ ކުރުމަށްވެސް ގިނަ ބަޔަކު އަންނަނީ އަޑު އުފަލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ