އައްޑޫ ސިޓީގައި ކުރިޔަށްދާ އެމްޑީޕީގެ ކޮންފަރެންސް | ފޮޓޯ : އެމްޑީޕީ

އެމްޑީޕީން މުޅި ރާއްޖޭގައި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން އެމްޑީޕީން މުޅި ރާއްޖޭގައި ފެތުރިގެންފި އެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމުތައްވަނީ ރާއްޖޭގެ އެކި އަތޮޅު ތަކުގައި އެޖެންޑާ 19 ރަށަށް ކެމްޕެއިން ފައްޓަވައިފައެވެ. އެގޮތުން މިއަދު އައްޑޫ ސީޓީ ކައުންސިލް މެނިފެސްޓޯ ހެދުމަށް ވޯކްސޮޕެއް ދަނީ ކުރިޔަށް ގެންދަވަމުންމެނެވެ. މި ވޯކްސޮޕްގައި ރައީސް ނަޝީދުގެ އިތުރުން ފެނަކަ އެމްޑީ އަޙްމަދު ސައީދު އާއި އައްޑޫގެ މަޖިލިސް މެމްބަރުން ގެންދަވަނީ ބައިވެރިވެ ލައްވަމުންނެވެ.

ށ. ފޯކައިދޫގައި ކުރިޔަށްދާ ށ އަތޮޅު ކެމްޕެއިން ވޯކްސޮޕްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އިތުރުން ކެމްޕެއިން ޓީމު ގެންދަވަނީ ބައިވެރިވެ ލައްވަމުން ނެވެ. ނ. އަތޮޅު ކެމްޕެއިން ވޯކްސޮޕް ނ. ވެލިދޫގައި ކުރިޔަށް ދާއިރު ނޭޝަނަލް ޕްލާނިން އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓަރ މުޙައްމަދު އަސްލަމް އާއި އެމްޑީޕީ މަޖިލިސް މެމްބަރުން ދަނީ ބައިވެރިވެ ލައްވަމުންނެވެ.

ރ އަތޮޅުގައި ކުރިޔަށްދާ ކެމްޕެއިން ވޯކްސޮޕްގައި އެކޮނަމިކް މިނިސްޓަރ ފައްޔާޒު އާއި އެމްޑީޕީ މަޖިލިސް މެމްބަރުންނާއި ކެމްޕެއިން ޓީމުތައް ދަނީ ބައިވެރިވެ ލައްވަމުންނެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އެމްޑީޕީގެ ކެމްޕެއިން ވޯކްސޮޕްތައް ގެންދަނީ މިއަދު ބާއްވަމުންނެވެ.

ރާއްޖޭގެ 19 ސަރަހައްދެއްގައި މިއަދު އެމްޑީޕީގެ ކެމްޕެއިން ވޯކްސޮޕް ކުރިޔަށްދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މީގެކުރިން ހއ، ހދ ގައި ވަނީ އެމްޑީޕީން ކެމްޕެއިން ފައްޓަވާފައެވެ. ކުޅުދުއްފުށި ސިޓީގައި ވަނީ ކެމްޕެއިން ވޯކްސޮޕެއް ބާއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ