ސީކްއީން ބޯޓް ކުޅުދުއްފުށީ ބަނދަރުގައި އޮއްވާ އަލިފާން ރޯވެފައި - ފޮޓޯ: ކުޚުދުއްފުށީ އަންބައަސްޑް

ކުއްލި ޚަބަރު: ސީކުއީން ބޯޓުގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި

ސީކުއީން ބޯޓުގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ރޯވަމުން އެބަދެއެވެ.

ސީކްއީން ބޯޓުގައި ރޯވެފައިވަނީ މިއަދު މެންދުރުއެވެ. ބޯޓުގެ އެތެރޭގައި ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ސީކްއީންގައި އަލިފާން ރޯވެފައި - ފޮޓޯ: ކުޅުދުއްފުށި އަންބައަސްޑް

ސީކްއީން ބޯޓަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރަން ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ފައިބަރު ބޯޓެކެވެ. މި ބޯޓުގެ ފުރަތަމަ ދަތުރުގައި މާލެއިން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިއަދު ފަތިހުއެވެ.


ސީކްއީން އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ކުރިނބީ ލައިވް

ސީކްއީން ބޯޓުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ސިފައިން ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ދާދި ދެންމެ ވިދާޅުވީ، ސީކްއީން ބޯޓުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 12:28 ގައި ކަމަށާއި، މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

"އަލިފާން ވަނީ ނިއްވާލާފައި، ނަމަވެސް އިންޖީން ރޫމުން ދުން އަރާތީ ދުންތައް ބޭރުކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ކުރަމުން." ކެޕްޓަން އިބްރާހީން އާޒިމް ވިދާޅުވެއްޖެއެވެ.

ބޯޓުގައި އަލިފާން ރޯވި ސަބަބާ ގުޅެގޮތުން އެމްއެންޑިއެފް އިން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ