ބޯކޮށް ވާރޭ ވެހި ތިނަދޫގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެރި ގދ. ތިނަދޫގައި ފެންބޮޑު ވެއްޖެއެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ، ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަނުމުގެ ފުރުޞަތު އޮތްކަމަށެވެ. އެހެން ކަމުން އެ ރަށުގެ ބައެއް މަގުތަކުގައި ބޮޑުވެފައިވާ ފެން ހިއްކުމުގެ މަސައްކަތް 12:25 އިން ފެށިގެން އެމްއެންޑީއެފް ސައުތު އޭރިޔާ ސިފައިން ކުރަމުންދާކަމުގައިވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

ތިނަދޫގައި ފެންބޮޑުވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް އުދައަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެލާޓްވެސް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. "މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމަށްވެސް ލަފާކުރެވޭ. އުތުރުގެ ބައެއް ރަށްތަކަށް މެންދުރުފަހު ކެރީގެ އަސަރުފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ." މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެތް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ