ލެވެންޑޯސްކީ ބަޔާންގެ ލެޖެންޑެއްގެ ރެކޯޑަކާއި ހަމަހަމަކޮށްފި

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވެންޑޯސްކީ އެކްލަބުގެ ލެޖެންޑެއްކަމަށްވާ ގާޑު މުލާ ހަދާފައިވާ ރެކޯޑަކާއި ހަމަހަމަކޮށްފިއެވެ.

ލެވެންޑޯސްކީ، ލެޖެންޑް މުލާގެ މިރެކޯޑާއި ހަމަހަމަކޮށްފައިވަނީ ރޭ ޝާލްކޭ އަތުން ފަޞޭޙަ ކަމާއެކު 5-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވި މެޗުގައެވެ.

ލެވެންޑޯސްކީވަނީ މިސީޒަންގައި އޭނާ ކުޅުނު 19 ބުންޑެސްލީގާ މެޗުން ކާމިޔާބުކުރި 21 ވަނަ ލަނޑާއެކުގައެވެ. ލެޖެންޑް މުލާ މިރެކޯޑު ހަދާފައިވަނީ 73-1972 ސީޒަންގައެވެ.

21 ލަނޑާއެކު ބުންޑެސްލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ މިސީޒަންގެ ލިސްޓްގެ އެންމެ ކުރީގައިވެސް އޮތީ ލެވެންޑޯސްކީއެވެ. ދެވަނާގައި ލެއިޕްޒިގްގެ ޓިމޯ ވާނާ އޮތީ 20 ލަނޑާއެކުގައެވެ.

މީގެއިތުރުންވެސް ރޭގެ މޮޅާއެކު ބަޔާން މިއުނިކްވެސްވަނީ ރެކޯޑެއް ހަދާފައެވެ. ރޭ ކާމިޔާބުކުރި 5 ލަނޑާއެކު ބަޔާން މިއުނިކުންވަނީ މިސީޒަންގައި ކުޅުނު 19 ބުންޑެސްލީގާ މެޗުން 55 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ވޭތުވެދިޔަ 34 އަހަރު ލީގުގައި 19 މެޗުން މިހާ ގިނަ ލަނޑުޖެހި ފުރަތަމަ ޓީމެވެ. ބަޔާން މިރެކޯޑު ހަދާފައިވަނީ ލެއިޕްޒިގްއާއި ޑޯޓުމުންޑް ވައްޓާލުމަށް ފަހުގައެވެ.

ބުންޑެސްލީގާގެ ތާރީޚަށް ބަލާއިރު، 19 މެޗުން މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ވެންޑަރ ބްރެމެންއެވެ. 86-1985 ސީޒަންގައި އެކްލަބުންވަނީ 19 މެޗުން 57 ލަނޑު ޖަހާފައެވެ.

ރޭ ޝަލްކޭއާއި ދެކޮޅަށް ކުޅުނު މެޗު ބަޔާންއިން ކޮންޓްރޯލްކޮށްފައިވާއިރު، ބަޔާންގެ 5 ލަނޑު ޖަހާފައިވަނީ ތަފާތު 5 ކުޅުންތެރިން ވެގެންނެވެ. އެއީ، ލެވެންޑޯސްކީ، ތޯމަސް މުލާ، ގޮރެޒްކާ އަދި އަލްސާންޓްރާގެ އިތުރުން ނަބްރީއެވެ. ރޭގެ މެޗުގައި ތޯމަސް މުލާ ކާމިޔާބުކުރި ލަނޑަކީ ބުންޑެސްލީގާގައި ބަޔާން ދަނޑުގައި އޭނާ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.

ރޭގެ މޮޅާއެކު 19 މެޗުން ލިބުނު 39 ޕޮއިންޓާއެކު ތާވަލްގެ ދެވަނާގައި ބަޔާން އޮތްއިރު އެއްވަނާގައި ލެއިޕްޒިގް އޮތީ 40 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ