ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކަނަރީފު ރިސޯޓުގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ މިއަދު 7:08 އެހާއިރު ކަނަރީފު ރިސޯޓުގައި ފަތުރުވެރިޔަކު މަރުވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ކަނަރީފު ރިސޯޓުގައި މަރުވެފައިވަނީ އެރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ 62 އަހަރުގެ އިޓަލީ ފިރިހެން ފަތުރުވެރިއެކެވެ.

މި މީހާގެ ހަށިގަނޑޫގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފަތުރުވެރިޔާ ހަރަކާތް ހުއްޓިފައި އޮއްވާ ފެނުނީ އޭނާ އުޅޭ ކޮޓަރިންނެވެ. ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ބ. އަތޮޅުގެ ރިސޯޓަކުން ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ