ފީވަކު ގޭގެއަށް ޒިޔާރަތްކޮށް ފުލުހުން މަޢުލޫމާތު ދެނީ

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ކުށުގެ ވެށީގައި ދިރިއުޅޭ ފަރާތްތައް އެކަމުން ދުރުހެލިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ފަރާތްތަކާ މެދު ސަމާލުވެ އެކަމުން ރައްކާތެރިވެތިބުމާއި ވައްކަމާއި ފޭރުން ފަދަ ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ފުރުސަތު ނުދީ ހޭލުންތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވޭ. އަދި މިފަދަ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމްގެ ތެރެއިން މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާއިރު، ފީވަކުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ