ޖެނުއަރީމަހުގެ ޓްރާންސްފާ ނިމުމުގެ ކުރިން އިތުރު ކުޅުންތެރިން ޓީމަށް ގެންނަށް ބޭނުންވާކަމަށް އާސެނަލްގެ ކޯޗު އާޓެޓާ ބުނެފިއެވެ.
އާސެނަލްއިން މިގޮތަށް ނިންމާފައި މިވަނީ، އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ރޭ ބޯންއަތުއަތުން މޮޅުވި މެޗުގައި ފަހަތަށް ކުޅެމުން އަންނަ މުސްތަފީއަށް އަނިޔާވުމާއި ގުޅިގެންނެވެ.
"ޓްރާންސްފާރ މާކެޓް ހުޅުވިފައިއޮތްއިރު، އިތުރު ބަދަލުތައް ގެނައުމަށް ވިސްނަން." އާޓެޓާ ބުންޏެވެ.
މީގެއިތުރުން އާޓެޓާ ބުނީ، މުސްތަފީއަށް އަނިޔާވުމަކީ ރަނގަޅު ފާލެއް ނޫންކަމަށެވެ.

ބޯންމައަތުން ރޭ މޮޅުވި މެޗުގައި އާސެނަލްގެ ދެލަނޑުވެސް ޖަހާފައިވަނީ ޒުވާން ސާކާއާއި ކެއިޓާއެވެ. މެޗަށްފަހު އާސެނަލްގެ ޒުވާން ކުޅުންތެރިންނަށް ތަޢުރީފުކޮށް އާޓެޓާ ވާހަކަ ދައްކާފައިވާއިރު، އާޓޭޓާ ބުނީ، ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއި ދޭތެރޭ ފުރިހަމަ ޔަޤީންކަށް އެބައޮތްކަމަށާއި، އެކުޅުންތެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ބަލައިގަންނައިރު، ކުރިއަށް އޮތްތާ އެކުޅުންތެރިންގެ ހުނަރު މިއަށްވުރެވެސް ކުރިއަރާނެކަމަށެވެ.
ބޯންމައުތުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހާދީފައިވަނީ ސަރިޖްއެވެ.
އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމަކީ އާސެނަލްއެވެ. އާސެނަލްއިންވަނީ މިމުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ.



