ގަމުން މަސްތުވާތަކެތި ތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަމުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާލުވީ، މިތަކެތި ހޯދާފައިވަނީ ގަމުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޖަނަވަރީ 26 ވަނަ ދުވަހު 15:59 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ގަމު ޕާކްތެރެ ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ޕާކުތެރެ ބަލައިފާސްކުރިއިރު  މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ވަޅުލާފައި އޮއްވާ ފެނިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ ގަމު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ