އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް އަފްގާނިސްތާނަށް ވެއްޓިއްޖެ

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް އިއްޔެގެ ވަގުތެއްގައި އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދަކަށް ވެއްޓިފައި ވާކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު މިހާދިސާއާއި ގުޅޭ މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ބޯޓު ވެއްޓެން ދިމާވި ސަބަބު ދެނެގަތުމަށް ތަހުގީގުތައް ކުރެވެމުންދާކަމަށާއި ބޯޓު ވެއްޓުނީ ހަނގުރާމަވެރިންގެ ހަމަލާއެއްގެ ސަބަބުންކަމަށް ނުބެލެވޭ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ބޯޓު ވެއްޓުނު ސަރަހައްދަކީ ތޯލިބާނުންގެ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ.

މިހާދިސާގެ ސަބަބުން މަރުވި މީހުންގެ މައުލޫމާތު އެމެރިކާއިން ހާމަކޮށްފައި ނުވާއިރު ބޯޓު ވެއްޓުނުއިރު މިބޯޓުން ދަތުރުކޮށްފައިވަނީ ކިތައްމީހުންކަންވެސް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އަސްކަރީ ބޯޓެއް ވެއްޓުނުކަން އެމެރިކާއިން ހާމަކޮށްފައިވާއިރު އެމެރިކާގެ އިތުރު ބޯޓެއްވެސް ވެއްޓިފައިވާކަމަށް ތޯލިބާނުން އިއްޔެ ބުނެފައި ވެއެވެ. ނަމަވެސް އެމެރިކާއިންވަނީ މި ޚަބަރު ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ