ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމަތި ރިސޯރޓްގެ މުވައްޒަފުން ހޭލުންތެރިކޮށްފި

އއ. ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގައި ކަނޑުމަތީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ކުށްމަދު އަމާން މާހައުލެއް ޤާއިމުކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ބޮޅެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޖަނަވަރީ މަހުގެ 23 އިން 25 އަށް  ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރުގައި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާއިރު، ކަނޑު ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ކަނޑުއުޅަނދު ބޭނުންކުރުމުގައާއި މީހުންނާއި މުދާ އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

އއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކުރަމަތި އައިލެންޑް ރިސޯރޓް އެންޑް ސްޕަރގައި މަސައްކަތްކުރާ 60 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ