ރީކޯ މޫސަ

ޕާޓީއަށްޓަކައި ޖާނުން ޤުރުބާންވިޔަސް، ވެރިކަމަށް ކުރިމަތިލާ ވާހަކަ ނުބުނާތި - ރީކޯ

ޕާޓީއަށްޓަކައި ޖާނުން ޤުރުބާންވިޔަސް، ވެރިކަމަށް ކުރިމަތިލާ ވާހަކަ ނުބުނުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި ވާއިރު، ރީކޯ ވަނީ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރައްވާފައެވެ. އެ ފަހަރު ރައީސް ނަޝީދާއި، ޑރ. މުނައްވަރާއި 2 ބޭފުޅުންނާއި ވާދަކުރައްވައި މޫސަ އަށް ލިބިވަޑައިގެންނެވީ 3 ވަނައެވެ. 25 އެޕްރީލް 2008 ގައި ބޭއްވި މި ޕްރައިމަރީ އަކީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ އިންތިޚާބެވެ. މި ޕްރައިމަރީގައި މޫސައަށް ލިބިވަޑައިގެންފައިވަނީ އެންމެ 989 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 9 އިންސައްތައެވެ.

"ލެޔާ ދާ އޮހޮރުވިއަސް. ފުރާނަ ޤުރުބާން ކުރިޔަސް އެމްޑީޕީ މީހަކު ނުކުރާންވީ ހަމަ އެކަނި ކަމަކީ ޕާޓީ ގެ ފަރާތުން ގައުމުގެ ވެރިކަމައް. އަރާނެވާހަކަ ނުބުނުން." އެމްޑީޕީ ވުޖޫދަށް ގެނައުމަށް ސޮއިކުރެއްވި 40 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ އިސް ގިނަ މަޤާމްތަކެއް ފުރުއްވާފައިވާ ރީކޯ މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވައި ނާކާމިޔާބު ވިނަމަވެސް ރީކޯ ފަހުން ވަނީ އެ ޕާޓީގެ ޗެއަރ ޕާސަންގެ މަޤާމަށް 2012 ވަނަ އަހަރު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފައެވެ.

ނަމަވެސް ފަހުން އެމްޑީޕީގެ ބައެއް ކަންތައްތަކާއި ހިންހަމަ ނުޖެހިވަޑައިގެން ރީކޯ ވަނީ އޭރު ވެރިކަން ކުރައްވަމުން ގެންދެވި ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. ޕީޕީއެމްއާއި ގުޅިވަޑައިގެން ކުރީގެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވައި ރީކޯ ވަނީ އެމްޑީޕީއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދަޅުވެފައެވެ.

ޚާއްސަކޮށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރީކޯގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ކުޑަ އަލީ

    މީރިއަލިޓީ ވަރަށް ސާފުކޮއް އިގޭއިގޭކަމެއް ތީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ