މި ސަރުކާރުން ކޮންޓްރެކްޓްތައް ދެނީ ބޮޑު އަގު ހުށައަޅާ ޕާޓީ އެކްޓިވިސްޓުންނަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި ސިވިލް ސަރވިސްގެ ކުރައިޓީރިއާއިން ވަޒީފާ ގެރެންޓީވެފައި ތިބި މީހުންވެސް އެއްފަރާތް ކޮށްފައިވާކަމަށެވެ.
"ކޮންޓްރެކްތައް ލޯ މަރާލާފައި ދެނީ ބޮޑު އަގު ހުށައަޅާ ޕާޓީ އެކްޓިވިސްޓުންނަށް" މި ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ ޖަމީވް ވިދާޅުވިއެވެ. މީގެ އިތުރުން ޖަމީލް ވަނީ މިއީ އެޖެންޑާ 19 ގެ އިންސާފުތޯވެސް ސުވާލު ކުރައްވާފައެވެ.
Addu City gai civil service ge criteria in vazeefaa guarantee vefai thibi meehun ves ehfaraai. Contract thah loamaraafai dhenee bodu agu hushahalha party acvistunnah. Miee Agenda 19 ge insaafu ge hama thoa? Corruption ah enme faritha fikurakee miee. Bodu soab enburey gothah?
— Mohamed Jameel Ahmed (@MJameelAhmed) January 29, 2020
ނިމިދިޔަ ސަރުކާރުގައި ނައިބު ރައީސްކަން ކުރައްވާފައިވާ ޖަމީލް ފަހުން ވަނީ ރާއްޖެ ދޫކުރައްވައި ވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވައި އޭރު އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހުންނަވައި އޭރުގެ ސަރުކާރަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރެއްވުމުގައި އޭރުގެ އިދިކޮޅު ކޯލިޝަނާއެކު ޖަމީލް ވަނީ ބޮޑު ރޯލެއްވެސް އަދާކުރައްވާފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު މި ސަރުކާރުން ކުރައްވާ ބައެއް ކަންކަން ރަނގަޅު ނޫންކަމަށް ވިދާޅުވެ ޖަމީލް މިހާރު ވަނީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުން ފެންނަން ފަށާފައެވެ.
ޚައްސަކޮށް ކުރީގެ ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޔާމީންގެ ދިފާޢުގައި ގިނަ މަސައްކަތްތަކެއް ޖަމީލް ދަނީ ކުރައްވަމުންނެވެ.
މިހާރުގެ ސަރުކާރަށް އިޝާރާތްކުރައްވައި ޖަމީލް ވިދާޅުވެފައި ވަނީ ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ މިއީކަމަށެވެ.