އިލްޔާސް ގެ ބޮޑު ދަރުސްއެއް ލޯބިވެރިންގެ ދުވަހު ބާއްވަނީ

ރާއްޖޭގެ މައްޝޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިންގެ ގެ ބޮޑު ދަރުސްއެއް ލޯބިވެރިންގެ ދުވަހު ބާއްވަން ހަމަޖައްސަވައިފިއެވެ.

އަދާލަތު ޕާޓީން ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ކާމިޔާބު އިވެންޓަށް ފަހު މިއަހަރުވެސް ފެބުރުވަރީ 14 ވާ ހުކުރު ދުވަހު ޝެއިޚް ޢިލްޔާސް ޙުސައިންގެ ބޮޑު ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ޝެއިޚް އިލްޔާސް ޙުސައިން ފާހަގަ ކުރެވިފައިވަނީ ދިވެހިރާއްޖެއަށް ދީނީ ޢިލްމު ފެތުރުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ގިނަ ބައެއްގެ ލޮއެއްބާއި އިތުބާރު ލިބިފައިވާ ޢިލްމުވެރިއެއްގެ ގޮތުގައެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގައިވެސް އިސްދަޢުރެއް އަދާކުރައްވަމުންދާ ޢިލްޔާސް އަންނަނީ ސިޔާސީ މައިދާނުގައިވެސް ގިނަ ބައެއްގެ ލޯބި ހޯދަމުންނެވެ.

އެގޮތުން އިލްޔާސް ފާހަގަ ކުރެވިފައިވަނީ ޙައްޤުބަސް ބުނުމުގައި ފަސް ނުޖެހޭ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. ޤައުމުގެ ކަންކަން ގޯސްމަގުންދާ ދަނޑިވަޅުގައި ޙައްޤު ބަޔާން ކޮށްދެއްވައި ނަޞޭޙަތް ތެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރަނގަޅު ގޮތުގައި ވެރިންނަށް ނަޞޭހަތްތެރި ވުމަށް، އެންމެހާ ލޮބުވެތި ރައްޔިތުންނަށްވެސް އިލްޔާސް ގޮވާލައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ