ލީގުކަޕް - ސިޓީ ބަލިކުރެވުނު ނަމަވެސް، ޔުނައިޓެޑަށް ފައިނަލަށް ދަތުރު ނުކުރެވުނު

ފުޓްބޯލް ލީގު ކަޕްގެ ސެމީ ފައިނަލްގައި ރޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާރ ސިޓީއާ ބައްދަލުކުރި މެޗުން މެންޗެސްޓާރ ޔުނައިޓެޑް މޮޅުވި ނަމަވެސް މުބާރާތުގެ ފައިނަލް ދަތުރު ނުކުރެވި ޔުނައިޓެޑް ކަޓައިފިއެވެ.

ސިޓީ އޮފް މެންޗެސްޓާރ ސްޓޭޑިއަމްގެ ރޭ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 35 ވަނަ މިނަޓްގައި މަޓިޗް ކާމިޔާބުކޮށްދިއިން އިރު މިލަނޑަކީ ޔުނައިޓެޑުން ސިޓީ ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅައެވެ.

މެޗު ފެއްޓުނު ތަނާހެން ޔުނައިޓެޑްގެ އޭރިއާ ތެރެއިން މެގުއާރ، ސިޓީގެ ސްޓާލިން ހުއްޓުވުމަށް އުޅުމުގެ ތެރޭގައި އޭރިއާތެރެއަށް ދެކުޅުންތެރިންވެސް ވެއްޓުނެވެ. އަދި އެއީ ފައުލެއްކަމަށް ބުނެ ސިޓީ ކުޅުންތެރިން ރެފްރީއަށް އެޕީލް ކުރިނަމަވެސް އެހާދިސާއާއި ގުޅިގެން ރެފްރީ ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.

ސިޓީގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ސިޓީއަށް ހުރަހަކަށް ވެގެންދިޔައި ޔުނައިޓެޑްގެ ކީޕަރު ޑެހެއާއެވެ. ޑެހެއާގެ ފަރާތުން މޮޅު އެތަށް ސޭވްތަކެއް ފެނިގެން ގޮސްފައިވާއިރު، ދެ ޑިފެންޑަރުން ކަޓުވާލުމަށްފަހު އަގުއެރޯ ފޮނުވާލި ބާރު ހަމަލާ ފާހަގަކޮށްލެވެއެވެ. އަގުއޭރޯގެ މިހަމަލާ ޑެހެއާވަނީ ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

މެޗުގެ ކުރީކޮޅު ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނުނަމަވެސް، ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލިބުނު ލީޑާއެކު ދެވަނަ ހާފުގައި އެކްލަބުންވަނީ ކުޅުން ވަރަށް ބޮޑުތަށް ރަނގަޅުކޮށް ސިޓީއަށް މެޗު އުނދަގޫކޮށްފައެވެ.

ސިޓީގެ ގުނޑޯގަންއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ދެވަނަ ރީނދޫ ކާޑާއެކު، 76 ވަނަ މިނަޓްގައި މަޓިޗްއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލިއެވެ.

ސެމީގެ ފުރަތަމަ ލެގު 1-3 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފައިވާއިރު، ރޭގެ މެޗުން ދަށްވިނަމަވެސް އެގްރިގޭޓް 2-3 ގެ ނަތީޖާއަކުން ސިޓީއަށް ކުރި ލިބި ސިޓީވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި ސިޓީއާއި ބައްދަލުކުރާނީ އެސްޓަންވިލާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ