ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ވިއޭރާ ރެއަލްމެޑްރިޑް ޖާޒީގައި 500 މެޗު ހަމަކޮށްފިއެވެ.
މާސެލޯގެ 500 ވަނަ މެޗުގައި ރޭ ކުޅެފައިވަނީ ޒަރަގޯޒާއާއި ދެކޮޅަށެވެ. ކޮޕަޑެލްރޭ މުބާރާތުގައި ކުޅެވުނު މިމެޗު ރެއަލްމެޑްރިޑް ފަޞޭޙަކަމާއެކު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. ރެއަލްމެޑްރިޑުގެ ލަނޑުތައް ޖަހާދީފައިވަނީ ވެރޭން، ލޫކަސް ވަޒްކަޒް އަދި ވިނިޝިއަސްގެ އިތުރުން ބެންޒެމާއެވެ.
މާސެލޯގެ މިކާމިޔާބީގެ ހަނދާނެއްގެ ގޮތުން ރެއަލްމެޑްރިޑްގެ ރައީސް ޕެރޭޒްވަނީ 500 ނަންބަރު ޖަހާފައިވާ ޖާޒީއެއް މާސެލޯއަށް ހަދިޔާކޮށްފައެވެ.
? ¡@MarceloM12, leyenda blanca!
— Real Madrid C.F.⚽ (@realmadrid) January 29, 2020
5⃣0⃣0⃣ partidos y sumando...#RealMadrid | #HalaMadrid pic.twitter.com/mlvPfVRK2J
ބްރެޒިލްގެ ފްލޫމިނެންސް ދޫކޮށް މާސެލޯ ރެއަލްމެޑްރިޑާއި ގުޅުނީ 2007 ވަނަ އަހަރުގައެވެ. މާސެލޯއަކީ މިހާރު ރެއަލްމެޑްރިޑްގެ ވައިސް ކެޕްޓަންއެވެ. އަދި މާސެލޯވަނީ ރެއަލްމެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެތެރޭގައި 4 ޗެމްޕިއަންސް ލީގު، 4 ކްލަބު ވޯލްޑްކަޕް، 3 ސުޕަރކަޕް، 4 ލަލީގާ، އަދި 2 ކޮޕަޑެލްރޭގެ އިތުރުން 2 ސުޕަރކޯޕާ ހިމެނެއެވެ.
މާސެލޯ ރެއަލްމެޑްރިޑްގައި މިހޭދަކުރި 13 ސީޒަންގައި އޭނާ މިހާތަނަށް ކުޅެދިން 500 މެޗުގެތެރެއިން 345 މެޗުން ރެއަލްމެޑްރިޑްވަނީ މޮޅުވެފައެވެ. އަދި މި 500 މެޗުން 36 ލަނޑު މާސެލޯ ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދީފައިވެއެވެ.



